ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2023/117
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 13 ޑިސެންބަރު 2023 13:30
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕިއުރިފައި އަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލުން

ނަންބަރ: A/IUL/344/2023/117

  އިޢުލާން

 

                 

                    މިކައުންސިލްގެ 2022-2026 އަށް ހެދިފައިވާ ތަރައްޤީ ޕްލޭން ގައި މިރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމް ގާއިމުކުރުމަށްޓަކައި ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓަރ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ކަމުގައި ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން، ވޯޓަރ ޕިއުރިފައި ބޭނުންވާ ގޭބީސީތަކުން ވޯޓަރ ޕިއުރިފައި އަށް އެދި ފޯމް ފުރުމަށް މިކައުންސިލުން ކުރި ނަމްބަރ:  A/IUL/344/2023/99 (2023 އޮކްޓޫބަރ 31) އިއުލާނުގެ މުއްދަތު ހަމަވިއިރު، ފޯމު ނުލެވިވާ ފަރާތްތަކުން މިފުރުސަތަށް އެދެމުންދާތީ، އަލުން ވޯޓަރ ޕިއުރިފައި އަށް އެދުމަށް ފުރުސަތުހުޅުވާލަމެވެ. ޕިއުރިފައި ބޭނުންވާ ގޭބީސީތަކުން މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާ ފޯމް ފުރުއްވުމަށްފަހު، ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އާއި އެކު 2023 ޑިސެމްބަރ 13 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިކަައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް މިކައުންސިލްގެ އިދާރާއިން ވެސް ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

                 ރައްޔިތުންގެ ޞިއްޙީދުޅަހެޔޮކަމާއި ފުދުންތެރިކަމަށް ކުރޭ މިފަދަ ކަންކަން ރައްޔިތުން ބަލައިގަންނަކަމީ މިކައުންސިލްގެ ފަހުރެއްކަމުގައި ދެކެމެވެ.

06 ޑިސެންބަރު 2023