ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/121
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 15 ޑިސެންބަރު 2023 20:45
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

                               އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ 4 މަހުން އެއް މަހު ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ބާއްވަންޖެހޭ ބައްދަލުވުން 15 ޑިސެންބަރު 2023 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ބާރަށު ސްކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2023 ވަނަ އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ކުރިއަށް ރާވާފައިވާ ޙަރަކާތްތަކާއި ނިންމުންތައް ހިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި ބާރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.  

                         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 ޖުމާދަލްޢޫލާ 1445

06 ޑިސެންބަރު 2023