ބީލަން
ނަންބަރު: (IUL)351/351/2023/58
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 12 ޑިސެންބަރު 2023 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

މިއަހަރު އދ. މަހިބަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތް 2023 ގައި އދ.މަންދޫ ސުކޫލްއިން ބައިވެރިވެފައިވާ ސުކޫލު ދަރިވަރުންނާއި، ބެލެނިވެރިން އަދި ދަރިވަރުންގެ އެހީތެރިންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުން، އދ. މަހިބަދޫއަށް ދަތުރުކުރާނެ ސްޕީޑު ލޯންޗެއް ހޯދަން ބޭނުންވެއްޖެއެވެ.  މިދެންނެވި މުބާރާތް ތާވަލުކުރެވިފައިވާގޮތުން 16 ޑިސެންބަރު 2023 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު މަންދޫއިން މަހިބަދޫއަށް އަދި 20 ޑިސެންބަރު 2023 ވާ ބުދަދުވަހުގެ ހެނދުނު މަހިބަދޫއިން މަންދޫއަށް، ޖުމްލަ ދެދަތުރު ކުރަން ޖެހެއެވެ. އެހެންކަމުން މިިދެންނެވި ދެދަތުރުކުރެވޭނެ މަދުވެގެން 25 މީހުންގެ ޖާގައިގެ އެކަށީގެންވާ ސްޕީޑު ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. އެހެންކަމުން މިދަތުރުތައްކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެއްވޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

06 ޑިސެންބަރު 2023