މަސައްކަތް
ނަންބަރު: (IUL)A-385/2015/10
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 26 މާރިޗު 2015 13:30
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދައުވަތު

1. މިކައުންސިލުން ކަނޑައަޅާ ތަނެއްގައި ތ. ދިޔަމިގިލީގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެގެން 22 ޖަނަވަރީ 2015 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)A-385/2015/03) އާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2015 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2015 މާރިޗު 30 ވާ ހޯމަދުވަހުގެ 13:30 ގައި ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

  ހ. "ތ. ދިޔަމިގިލީގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

  ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

  ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

24 ޖުމާދަލްއޫލާ 1436

15 މާރިޗު 2015