ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2023/340
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 12 ޑިސެންބަރު 2023 12:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
"މީޑިއާ އެގްޒެކެޓިވް" މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

މި މިނިސްޓްރީގެ ފަރާތުން ޢާންމު ރައްޔިތުންނަށާއި މީޑިއާތަކަށް މަޢުލޫމާތު ދިނުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ފަރާތުން މީޑިއާ އެގްޒެކެޓިވް ކޮންސަލްޓަންޓްގެ މަޤާމަށް މުވައްޒަފަކު ނެގުމަށް ބޭނުންވެއެވެ.  

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ މުއްދަތު:

01 އަހަރު (ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރާ ގޮތަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލީ ވުޒާރާ، ކ. މާލެ

މުސާރަ:

30,000/- (ތިރީސް ހާސް ރުފިޔާ)

 

މަޤާމްގެ މައިގަނޑު މައްސޫލިއްޔަތު:

 

  1. މި މިނިސްޓްރީން މީޑިއާއަށް ފޯރުކޮށްދޭންޖެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުން
  2. މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ޓެކްނިކަލް ލަފަޔާއި އިރުޝާދު ދިނުމާއި އެފަދަ އިސްލާހުތަކާއި ތަރައްޤީ ގެނައުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރުން
  3. މިނިސްޓްރީގެ ވެބްސައިޓް، (އިނގިރޭސި އަދި ދިވެހި ކޮންޓެންޓް) އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދިރާސާކޮށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭ މަޢުލޫމާތު މެނޭޖްމެންޓަށް ދިނުމާއި، އެފަދަ ބަދަލުތައް އެޕްރޫވް ކުރެއްވުމުން އެ ބަދަލުތައް ގެނައުން
  4. ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  5. މިނިސްޓްރީން ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ހިއްސާކުރަން ބޭނުންވާ ޚަބަރާއި މަޢުލޫމާތު ވެބްސައިޓަށް ލުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަސޭހަ ގޮތަކަށް އެފަދަ މަޢުލޫމާތު ލިބިގަނެވޭނެ ނިޒާމެއް ޤާއިމް ކޮށް ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  6. މިނިސްޓަރ ބައިވެރިވެޑައިގަންނަވާ މުހިންމު މީޓިންގތަކާއި މިނިސްޓްރީގައި ބާއްވާ އެކިއެކި އިވެންޓަތަކުގެ ފޮޓޯ، ވީޑިއޯ ނަގާ އަދި އެ އިވެންޓްތަކުގެ މަޢުލޫމާތު ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން ހޯދާ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓް ކުރުން
  7. މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޙިއްސާ ކުރެވޭ މަޢުލޫމާތު ތަކަކީ އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް ބެލެހެއްޓުން
  8. މިނިސްޓްރީގެ ފަރާތުން ހިންގާ އެކިއެކި އިވެންޓްތަކިގައި ޢަމަލީ ގޮތުން ޙަރަކާތްތެރުވެ އުޅުން
  9. އާރް.ޓީ.އައި.އާ ގުޅިގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ އަޕްޑޭޓް ކަމާ ބެހޭ ޑިޕާޓްމަންޓްތަކުން ހޯދާ އާރް.ޓީ.އައި ތަކަށް ޖަވާބު ދިނުން.
  10. މިނިސްޓްރީގެ އިވެންޓްތަކާއި އެކިއެކި މަސައްކަތަށް ބޭނުންވާ ތަކެތި ޑިޒައިން ކުރުމާއި ގްރެފިކްސް މަސައްކަތް ކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ މަސައްކަތް ކުރުން
  11. ރާއްޖެއާ ރާއްޖެއިން ބޭރުގެ މީޑިއާއާ އޮންނަ ގުޅުން ރަނގަޅުކޮށް ހަރުދަނާ ގޮތެއްގައި މަޢުލޫތު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، އެ ނިޒާމްގެ ދަށުން އެކަންތައް ކުރުން

 

 

ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލްކަން:  

  • މަޤާމްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޕަބްލިކް ރިލޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ޖާރނަލިޒަމް އަދި މީޑިއާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ 7 ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ

-  ވަނަވަރު

-  ލިބިފައިވާ ތަޢުލީމީ ސާރޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ) އަދި ޓްރާންސްކްރިޕްޓް.

-  ތަޖުރިބާގެ ލިޔުން

  

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް / އަމީނީމަގު،މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected]

 

06 ޑިސެންބަރު 2023