ބީލަން
ނަންބަރު: (IUL-G)GS113/2023/031
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި:
13 ޑިސެންބަރު 2023 13:00
ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލުގެ ފާހާނަ ނިޒާމް ކުޑަފަރީގައި ގާއިމް ކޮށްދީފައިވާ ނަރުދަމާ ނިޒާމާ ގުޅާލުމުގެ މަސައްކަތް
މި ސްކޫލުގެ ފާހާނަ ނިޒާމް މިރަށުގައި ގާއިމް ކޮށްދީފައިވާ ނަރުދަމާ ނިޒާމާ ގުޅާލުމުގެ މަސައްކަތް (ޕްރޮޖެކްޓް ނަންބަރު: 2023/03)
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ފާހާނަ ނިޒާމް މިރަށުގައި ގާއިމް ކޮށްދީފައިވާ ނަރުދަމާ ނިޒާމާ ގުޅާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮންދޭނެ ފަރާތެއް ހޯދުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ކުރަންޖެހޭ މަސައްކަތް:
- 125 ފޫޓް ހޮޅިވަޅުލުން – 4" ހޮޅި
- ކޮންކްރިޓް އަޅައި ޖަންގުޝަން ހެދުން - 2 ޖަންގުޝަން
- ސްކޫލުގެ ނަރުދަމާ ހޮޅިތައް ނަރުދަމާ ނިޒާމާއި ގުޅުވާލުން.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކޮށްގެންނެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް އިޢުލާނާއި އެކު އެޓޭޗު ކުރެވިފައި އެވަނީއެވެ. އަދި ސްކޫލް އިދާރާއިންވެސް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިބެން ހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ސްކޫލް އިދާރާއިން ދޫކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 20 ޑިސެންބަރު 2023ވާ ބުދަ ދުވަހުގެ 13:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
06 ޑިސެންބަރު 2023