ބީލަން
ނަންބަރު: (IUL-G)GS113/2023/030
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 13 ޑިސެންބަރު 2023 13:00
ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން

ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން. (ޕްރޮޖެކްޓް ނަންބަރު: 2023/02)

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. 1 ޖަނަވަރީ 2024ން 31 ޑިސެންބަރު 2024 އަށް، ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވިމާ މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ގުދަނުގައި އެންމެ ކުޑަވެގެން 500 އަކަ ފޫޓް ހަމަވާން ވާނެއެވެ.
  3. ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކޮށްގެންނެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް އިޢުލާނާއި އެކު އެޓޭޗު ކުރެވިފައި އެވަނީއެވެ. އަދި ސްކޫލް އިދާރާއިންވެސް ބިޑް ރަޖިސްޓްރޭޝަން ފޯމް ލިބެން ހުންނާނެއެވެ.
  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ސްކޫލް އިދާރާއިން ދޫކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 20 ޑިސެންބަރު 2023ވާ ބުދަ ދުވަހުގެ 13:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.                             

ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.

  ފޯން:       6561802

  އީމެއިލް:     [email protected]

06 ޑިސެންބަރު 2023