ދިވެހިރާއްޖެ
ނަންބަރ: GS28/IUL/2023/21
އިޢުލާން
2024 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން:
1 ޖަނަވަރީ 2024 އިން ފެށިގެން 31 ޑިސެމްބަރ 2024 ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޙިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
- ބީލަމުގައި ރަޖިސްޓްރީކުރުން: 06 ޑިސެމްބަރ 2023 އިން 12 ޑިސެމްބަރ 2023 އަށް ކޮންމެދުވަހަކު 9:00 އިން 12:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
- މަޢުލޫމާތު ސާފުކުރުން: 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.
- ބީލަން ހުށަހެޅުން: 20 ޑިސެމްބަރ 2023ވާ ބުދަ ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " 2024 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.
22 ޖުމާދުލްޢޫލާ 1445 ހ.
06 ޑިސެމްބަރ 2023 މ.