ކުއްޔަށް ދިނުން
ނަންބަރު: (IUL)290-ADMIN/290/2023/55
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި:
03 ޖަނަވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.މާފަރު އެއަރޕޯޓް ހުޅަނގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރި ކުރުމަށް ބިން ދޫކުރުން
ނ.މާފަރުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް މާފަރު އެއަރޕޯޓް ހުޅަނގުފަރާތު ބީޗް ސަރަހައްދުން ވިޔަފާރިކުރުމަށް 1723.68 އަކަފޫޓްގެ 5 (ފަހެއް) ބިން ކުއްޔައްދޫކުރުމަށް ހުޅުވާލަމެވެ.
ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާފަރު ކައުންސިލް އިދާރާ އަށް " ޕްރޮޕޯސަލް އަދި ބިން ކުއްޔަށް ދޫކުރުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަޙައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ބިމުގެ އަދަދު |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ނ.މާފަރު އެއަރޕޯޓް އުތުރު ބީޗް ސަރަހައްދު |
ވިޔަފާރިކުރުމަށް |
1723.68 އަކަފޫޓު |
5 |
އަކަފޫޓަކަށް މަހަކު -/2 ރުފިޔާ |
- މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޑިސެންބަރު 2023