ދިވެހިރާއްޖެ
މިރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން، ނިޔަމިކަމަށް ޝައުޤުވެރިވާ އެކަމަށް މަގުފަހިކުރުމުގެ ގޮތުން، މިކައުންސިލް އިދާރާއާއި މިރަށު ސައުދީމަންޒިލް / އިބްރާހިމް ޝުޖާއު އާއި ގުޅިގެން ނިޔަމި ކޯހެއް ކުރިއަށް ގެންދިއުމަށް ބައިވެރިން ހޯދުމަށް މި އިދާރާއިން ކުރި އިޢުލާން ނަންބަރ ((IUL)257/257/2023/112(23 ނޮވެންބަރު 2023) އާއި ޙަވާލާދީ ދަންނަވަމެވެ.
ދެންނެވުނު ކޯހުގައި އިތުރު ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ އިތުރު ކުރެވިފައެވެ. އެގޮތުން 07 ޑިސެމްބަރ 2023 ވަނަ ދުވަހާއި ހަމައަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:
- 16 އަހަރު ފުރިފައި ހުރި މީހެއްކަމުގައިވުން
- ދިވެހި ލިޔަންކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކުރަން އެނގުމެވެ.
އެހެންކަމުން، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 10 ޑިސެންބަރ 2023 ވާ އާދީއްތަ ދުވަހުގެ 14.00ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކައުންސިލް އިދާރާއަށް އައިޑީކާޑު ކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް ރަސްމީ ގަޑީގައި މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި https://forms.gle/vqfLCdYeeqkpQSHm6 މި ލިންކް މެދުވެރިކޮށް ފޯމް ހުށަހަޅަމުން ގެންދިޔުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު ފޯނަށް (6500016) ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޖުމާދަލްޢޫލާ 1445