ކުއްޔަށް ދިނުން
ނަންބަރު: (IUL)351/351/2023/57
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 18 ޑިސެންބަރު 2023 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮއިބިމުގެ ރުއްގަނޑު ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށުގެ ގޮއިބިމުގެ ރުއްގަސް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު މިއަހަރުގެ ނިޔަލަށް (31 ޑިސެމްބަރ 2023 އަށް) ހަމަވާނެއެވެ. ގޮއިބިމުގެ ރުއްގަސް މިހާރު ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުން 01 ޖެނުއަރީ 2024 އިން ފެށިގެން 03 (ތިނެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ. ކުއްޔަށް ހިފާފަރާތަށް ބޭނުންކުރެވޭނީ ރުއްގަހުން ލިބޭ ތަކެތީގެ ތެރެއިން ރުކުން ލިބޭފަން ފިޔަވައި އެހެނިހެން ތަކެއްޗެވެ.

      އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެންބަރު 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2023