ޢާންމު މަޢުލޫމާތު
ނަންބަރު: GS-92/IUL/2023/024
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި:
13 ޑިސެންބަރު 2023 13:30
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސްކޫލު ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2420 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 05 އިން 2023 ޑިސެމްބަރ 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ އެނގޭނެ ލިޔުމެއް ގެންނަވަން ވާނެއެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިކުރާނީ ހަމައެކަނި ނަންނޯޓް ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 20 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނައިވާދޫ ސްކޫލް / ހދ. ނައިވާދޫ
ފޯން: 6520537، އީ-މެއިލް: [email protected]
05 ޑިސެންބަރު 2023