ކުއްޔަށް ހިފުން
ނަންބަރު: (B)GS133/2023/22
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:45
ސުންގަޑި: 13 ޑިސެންބަރު 2023 14:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުން

ބީލަން ހުށައެޅުމުގެ ދަޢުވަތު   

  1. 2024 ވަނަ އަހަރު (1 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024 އަށް) މި ސްކޫލުގެ މުދާ ރައްކާކޮށް ބަހައްޓާނެ ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
  2. މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޑިސެމްބަރ 05 އިން 2023 ޑިސެމްބަރ 13 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 ޑިސެމްބަރ 17 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023ޑިސެމްބަރ 19 ވާ އަންގާރަ ދުވަހުގެ 11:30 ގައި ކަމަދޫ ސްކޫލު އޮފީހުގައެވެ.  
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  7. މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ކަމަދޫ ސްކޫލް

އޯކިޑްމަގު، ބ. ކަމަދޫ، ދިވެހިރާއްޖެ،       ފޯން: 6600015 ، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/1AP_Z9apHIdsM0OUuIX9WtxaIeWl7ih2PUrrUo_MMTT4/edit?pli=1

04 ޑިސެންބަރު 2023