ވަޒީފާގެ ފުރުޞަތު
ނަންބަރު: POLWEC(IUL)/2023/18
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 14 ޑިސެންބަރު 2023 14:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ރެޖިސްޓަރޑް / އެންރޯލްޑް ނާރސް
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ:

ރަޖިސްޓަރޑް ނާރސް: -/4,500ރ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)، ނުވަތަ،

އެންރޯލްޑް ނާރސް: -/4,000ރ (ހަތަރުހާސް ރުފިޔާ)

އެލަވަންސް؛

ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %80 

އިތުރުގަޑި އެލަވަންސް: އަސާސީ މުސާރައިގެ %60 

ފުޑް އެލަވަންސް: -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ)

ރިސްކް އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ)

އޮފީސް: ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01، މާލެ

މަސައްކަތް ކުރަންޖެހޭތަން: ނޫސަންދަ / މާލެ

މަޤާމުގެ ޝަރުތު:

ނާރސިންގ ދާއިރާއިން ދަށްވެގެން އެމް.ކިއު.އޭ. ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

- މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން.

- ވަޒީފާ ދިނުމުގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 އިތުރު މަޢުލޫމާތު:  މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ކަމުގެ ސިޓީ (ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް)، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ، ސީ.ވީ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01،  އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2023