ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-CA/225/2023/76
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 11 ޑިސެންބަރު 2023 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާނު

 

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-394127

ބޭނުންވާ އަދަދު:

1 (އެކެއް )

ގިންތި

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް މީޑިއާ ޔުނިޓް

މުސާރަ:

5610.00ރުފިޔާ

ސަރވިސް އެލަވަންސް:

2000.00ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަޤާމުގެ މުސާރައިގެ %35.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3- އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ އައިޓީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި އައިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާ އެރުވުން .

4- އަތޮޅުކައުންސިލް އިދާރާގެ ސާވަރ އަޕްޑޭޓްކޮށް ބަލަހައްޓާ މުވައްޒަފުން މެދުވެރިކޮށް ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.

5- އަތޮޅު ކައުންސިލް އިދާރާގެ ކޮމްޕިއުޓަރ ތަކަށް ބޭނުންވާ ސްޕެއަރއާއި ސޮފްޓުވެއަރ އެއޮންނަ ޕްރޮސީޖާއެއްގެ ދަށުން ހޯދުން.

6- ޖެމްސް ސިސްޓަމް ބެލެހެއްޓުމާއި މަސައްކަތް ކުރާއިރު ދިމާވާ މައްސަލަތައް އެން.ސީ.އައި.ޓީ އާއި ގުޅައިގެން ޙައްލު ކުރުމަށް މަސައްކަތް ކުރުން.

7-  އަތޮޅު ކައުންސިލް އިދާރާގައި އަލަށް ނެޓްވޯރކް އަޅަންޖެހޭ ކޮމްޕިއުޓަރތަކަށް ނެޓްވޯރކް އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

8- އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ޕަރފޯމަންސް މިންކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ފޮނުވަންޖެހޭ މުއްދަތަށް ލޯކަލްގަވަމަންޓް އޮތޯރިޓީއަށް ފޮނުވުމަށްޓަކައި ޕޯޓަލް މެދުވެރިކޮށް ދިނުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯރޓް ދިނުން.

9- އީ-ގަވަމެންޓް، ސީއެސް ވިއުގަ އޮންލައިން ޕޯޓަލް އަދި މައި އެކައުންޓް، އީ-ފާސް އެކައުންޓް، ގެމެން އަދި ވުނަ ޕޯޓަލް ތަކުން މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި ދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ދިނުމާއި ޕޯޓަލް ތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަން ޙައްލުކުރުން.

10- އެއްގަމާއި ކަނޑުގެ ލައިސަންސް ދިނުމަށް ކުރަންޖެހޭ މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ އެންމެހައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ ދިމާވާ ޓެކްނިކަލް ކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތްކޮށް ދިނުން.

11- އަތޮޅު ކައުންސިލްގައި ޑިޖިޓަލް އާކައިވެއް ޤާއިމުކޮށް އެކަން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓުން.

12- ރަށްވެހި ޚިދުމަތްތައް ޒަމާނީ ކުރުމަށް ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްގެ ލަފާގެ މަތިން ހޯދުމާއި އެ ކަމަށް މުވައްޒަފުން އަހުލުވެރިކުރުވުން.

13- ކައުންސިލްތަކުގައި ބޭނުންކުރެވޭނޭ ސޮފްޓްވެއަރތަކުގެ ރިކުއަރމެންޓްސްއާ، ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމާއި، މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.

14- އެޗް.އާރު ސޮފްޓްވެއަރ، ސްޓޮކް އަދި އިންވެންޓްރީ ސޮފްޓްވެއަރ ބެލެހެއްޓުމާއި، އަދި އެ ސޮފްޓްވެއަރ ތަކަށް މުވައްޒަފުން އަހުލުވެރި ކުރުވައި އެ ސޮފްޓްވެއަރ ތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުން.

15- ކައުންސިލަށް އައި.ޓީ އާއި ގުޅޭގޮތުން ހޯދަންޖެހޭ ތަކެތި އިސްވެރިންގެ ލަފައާއި މަޝްވަރާގެ މަތިން ހޯދުމާއި ޕްރޮކިއުމަންޓަށް ބޭނުންވާ އައި.ޓީ އާއި ގުޅުންހުރި ތަކެތި ހޯދުމަށް ބޭނުންވާ ސްޕެސިފިކޭޝަންތަކާއިބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުން.

16- ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅިގެން ކުރަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާގުޅޭ ޕްލޭންތައް ތައްޔާރުކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރުން

17- ކައުންސިލްގެ ޕޮލިސީއާއި އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި ސެކިއުރިޓީ ބެލެހެއްޓުން އަދި ކައުންސިލް އިދާރާއަށް އަލަށް ވަންނަ މުވައްޒަފުންނަށް އިސްވެރިއެއްގެ އިރުޝާދުގެ ދަށުން އެކްސެސްތައް ދިނުމާއި އެ މުވައްޒަފަށް އީމެއިލް އަދި ކޮމްޕިއުޓަރ ލޮގްއިން ހަދައިދީ ޙަވާލުކުރުން.

18- ކައުންސިލްގެ ކޮމްޕިއުޓަރ ނެޓްވޯކް ބެލެހެއްޓުމާއި، ޕީ.އޭ.ބީ އެކްސް ސިސްޓަމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން އަދި އިދާރާގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  •  ކޮމްޕިއުޓަރ ސައިންސް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)   

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯށް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ލިޔުމުގެ ޓްރާންސްކްރިޕްޓްގެ ކޮޕީ:

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް  ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

1- އަސާސީ ޝަރުތު ހަމަވުން %30

2-  އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5

3- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންގއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5

4- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5

5- އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )  %20

6- އިންޓަރވިއު  %35

މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ.

މި މަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓްދެވޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ، ތަޖުރިބާގެ މުއްދަތު ފިޔަވައި އެއަށްވުރެއް މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ.

ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023  ޑިސެންބަރު 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓް ލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު ކުރުން އޮންނާނީ 2023 ޑިސެންބަރު 18 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 28 އާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް ) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500002 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"(https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

04 ޑިސެންބަރު 2023