ޢާންމު މަޢުލޫމާތު
ނަންބަރު: E1C-A/2023/28
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 07 ޑިސެންބަރު 2023 12:00
ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގުކޮމިޓީއަށް މެމްބަރުން ހޯދުމަށް

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށް، އަގު ކޮމިޓީއަށް އިތުރު 2 (ދޭއް) މެމްބަރުން ބޭނުންވާތީ، އަގު ކޮމިޓީގެ މެމްބަރުކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަގު ކޮމިޓީގެ އުޖޫރައަކީ އަގުކުރުމުގެ މަސައްކަތްކުރާ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އެވެ. މި ކޮމިޓީގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

ވީމާ، އަގު ކޮމިޓީގެ މެމްބަރުކަމަށް އެދިލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މިކޯޓަށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ސީޓިއަކުން ހުށަހެޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2023