ދިވެހިރާއްޖެ
މިކައުންސިލުން ދޭމައުލޫމާތާއި އެއްގޮތައް މިރަށުގެ މަގުތަކުގައި 8 މަގުބައްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ޑިސެންބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން 11 ޑިސެންބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.
|
ތަން |
ތާރީހް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
12 ޑިސެމްބަރ 2023 |
އަންގާރަ |
11:00 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
14 ޑިސެމްބަރ 2023 |
ބުރާސްފަތި |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.