ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2023/67
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 12 ޑިސެންބަރު 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

މިރަށު ވެނީލާ ބިސްޓްރޯ އިމާރާތުގެ އިރުދެކުނު ކަނާދިމާލުގައި ހުރި، މި އިދާރާއިން ކަޅުކުލައިގެ ދަވާދުން (1 އިން 2) އަށް ނަންބަރު ޖަހާފައިވާ  2 ރުކާއި، ބަޒް ސްޕޮޓް ހިންގި އިމާރާތުގެ ދެކުނުގައި ހުރި، މި އިދާރާއިން ކަޅުކުލައިގެ ދަވާދުން (10 އިން 20) އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2023 ޑިސެންބަރ 12 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުން އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

     ފޯމްގެ ލިންކް: https://tinyurl.com/yck97wp9

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2023