ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު |
(121187) |
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ރޭންކު |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 |
މުސާރަ |
4،465.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 1،500.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން |
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާ، ތ. ތިމަރަފުށި |
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާއި، ތަޖުރިބާތައް |
1- އެޑްމިނިސްޓްރޭޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. ނުވަތަ؛ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1- އިދާރާއަށް ލިބޭ އެންމެހައި ފައިސާ ބަލައިގަނެ، ރަސީދު ހަދައި، ދުވަހު ފޮތާއި، އައިޓަމް ބާކީ ފޮތާއި، ތިޖޫރީ ބާކީއާއި، ބަޖެޓް ފައިސާއެއްނަމަ ބަޖެޓް ފޮތްތަކުގައި ލިޔެ، ލިބޭ ފައިސާ، ތިޖޫރިއާ ހަވާލުވެހުރި މުވައްޒަފަކާ ދުވަހުން ދުވަހަށް ހަވާލުކޮށް ސޮއިކުރުވުން. 2- މަހަކު އެއްފަހަރު ތައްޔާރުކޮށް ފޮނުވަންޖެހޭ ބަޖެޓް ރިޕޯޓާއި، ބޭންކް ރިކޮންސިލޭޝަން ސްޓޭޓްމަންޓާއި، ތިޖޫރީ ރިޕޯޓާއި، އެހެނިހެން ފައިސާގެ ރިޕޯޓްތަކާއި، އަހަރަކު އެއްފަހަރު ފޮނުވަންޖެހޭ މާލީ ހިސާބުގެ ރިޕޯޓް ތައްޔާރުކޮށްފައި ފޮނުވުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން. 3- ސްކޫލުގެ އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވައްދައި، ނައްތައިލަންޖެހޭ އެއްޗެހި ނައްތައިލުމާއި، ސްޓޮކް ބެލެހެއްޓުން. 4- ސްކޫލާއި، ސްކޫލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ހުރި، ބާވެ ނައްތައިލަންޖެހޭ ތަކެތި ގަވައިދުން ނައްތައިލުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގުން. 5- ސްކޫލުން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް |
އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
އުޖޫރައާއި ޢިނާޔަތްތައް |
ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވެނޭއެވެ. |
ޗުއްޓީ |
ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދިސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ވަޒީފާއަށް އެދޭ ފަރާތަކަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައިވާ) ސެޓްފިކެޓްތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ސީވީ ތައްޔާރުކުރަންވާނީ، ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ.) |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780015 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6780602 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. |
ނޯޓް |
މި މަރުކަޒުގެ ނަންބަރު GS04/Iu/2015/06 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ. |
26 ޖުމާދަލްއޫލާ 1436