ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2023/55
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 25 ޑިސެންބަރު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން، [ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު`` 25 ޑިސެމްބަރ 2023 ކުރިން ހުށަހެޅުމަށް ދަންނަވަމެވެ. އަދި 2023 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް [ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު`` ފުރިހަމަކޮށް 25 ޑިސެމްބަރ 2023 ކުރިން ހުށަހެޅުމަށް ދަންނަވަމެވެ.

1-      ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.

2-      ދަފްތަރުގައި ރަޖިސްޓްރީވި ފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.

3-      ދަފްތަރުގައި ރަޖިސްޓްރީވި ފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.

4-      2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/ މީހުން ހިމެނޭ ޢާއިލާތައް.

މަތީގައި ބަޔާންފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތަށް  [ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު`` ހުށަހަޅާފައިވާ ނުވާނަމަ ދަފްތަރުން އުނިކުރެވޭނެއެވެ.

     ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު 03 ޑިސެމްބަރ 2023 ން ފެށިގެން ދ.މީދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 03 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. އަދި ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14.00 ކަމުގައި ދަންނަވަމެވެ. ފޯމާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ދ.މީދޫ ކައުންސިލްގެ ނަންބަރ 6760042 އަށެވެ.

      ވީމާ، 03 ޑިސެމްބަރ 2023 ން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިކަން އަންގާ ޢާއްމުކޮށް އިޢްލާނު ކުރަމެވެ.

03 ޑިސެންބަރު 2023