މަސައްކަތް
ނަންބަރު: (IUL)368-AS/368/2023/44
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 11 ޑިސެންބަރު 2023 14:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ދިއްގަރުގައި ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ހިދުމަތްދޭނެ ފަރާތެއް ހޯދުން

އިންޑީޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މި ރަށުގައި ޤާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ކޮންސަލްޓެންސީގެ ހިދުމަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިޢުލާނާއި އެޓޭޗްކޮށްފައިވާ ޓީ.އޯ.އާރާއި އެއްގޮތަށް ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުންއެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާއިރު ތިރީގައިވާ ލިޔުންތައް ހިމަނަންވާނެއެވެ.

  1. ވިޔަފާރި ރަޖިސްޓްރީ ކޮޕީ
  2. ވިޔަފާރީގެ ޕްރޮފައިލް (މުއާމަލާތު ކުރާނެ ފަރާތެއްގެ ނަމާއި، މަޤާމް، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭގޮތަށް)
  3. ޓީ.އޯ.އާރު ގައި ފާހަގަކޮށްފައިވާ ކޮންސަލްޓެންސީ ޓީމުގައި ހިމެނޭ ފަރާތްތަކުގެ ސީވީއާއި، ކޮމިޓްމެންޓް ލެޓަރ
  4. ޓީ.އޯ.އާރު ގައި ފާހަގަކޮށްފައިވާ ކޮންސަލްޓެންސީ ޓީމުގައި ހިމެނޭ ފަރާތްތަކުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި)
  5. ޓީ.އޯ.އާރު ގައި ފާހަގަކޮށްފައިވާ ކޮންސަލްޓެންސީ ޓީމުގައި ހިމެނޭ ފަރާތްތަކުގެ މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތައް

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންސީ ޓީމުގެ ތަޢުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާގެ ލިޔުންތަކަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.

މިކާމާއި، ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، މި އިދާރާގެ ނަންބަރު 6720031 އާއި ގުޅުއްވުން ނުވަތަ،[email protected]  އަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

04 ޑިސެންބަރު 2023