މަސައްކަތް
ނަންބަރު: (I)288/2023/133
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 12 ޑިސެންބަރު 2023 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް، މި އިދާރާއިން އެދޭ ގޮތަކަށް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދާން ބޭނުންވެއެވެ. މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

ހުށަހެޅޭ ބީލަންތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާން ހަމަޖެހިފައިވަނީ އެންމެ މަތީ ޕޮއިންޓު ލިބޭ 2 (ދެ) ފަރާތަކަށެވެ. ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވީނަމަވެސް އެ ފަރާތަކީ ދެވިފައިވާ ޝަރުތައް ފުރިހަމަވާ ފަރާތެއްނަމަ 2 ޒޯންގެ ކުނިކެހުން ވެސް އެ ފަރާތަށް ދޫކުރެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުން އަގު ހުށައަޅާން ބޭނުންވަނީ އެންމެ ޒޯނަކަށް ކަމުގައި ވާނަމަ ވަކިވަކިން ބިޑު ހުށަހެޅުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2023 ޑިސެންބަރު 12 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.

https://shorturl.at/ijAX6

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށްދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

12 ޑިސެންބަރު 2023، (އަންގާރަ،) 13:00

ބީލަން ހުށަހެޅުމުގެ ބައްދަލުވުން

19 ޑިސެންބަރު 2023، (އަންގާރަ،) 13:00

04 ޑިސެންބަރު 2023