ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2023/54
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި:
14 ޑިސެންބަރު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާއިގުޅޭ
ދަނޑުވެރިކަން ކުރުމަށްޓަކައި ރ.ހުޅުދުއްފާރުން ބިން ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ދޫކުރުމަށް ހަމަޖެހިފައިވާ ބިން: ހުޅުދުއްފާރު ޞިއްޙީމަރުކަޒުގެ ދެކުނުން، ދަނޑުވެރިކަމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުން 3000 އަކަފޫޓްގެ 10 ބިން.
- ބިންދޫކުރާ މުއްދަތު: 01 އަހަރު ދުވަސް (މުއްދަތު ހަމަވުމަށްފަހު ދަނޑުބިން ލިބޭ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެފަރާތަކުން ކޮށްފައިވާ މަސައްކަތްތައް ބެލުމަށްފަހު އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ޑިސެމްބަރ 2023 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. ދޫކުރަން ކަނޑައެޅިފައިވާ ބިމުގެ އަދަދަށްވުރެ ބިމަށް އެދުނު ފަރާތްތައް ގިނަކަމަށްވާނަމަ، ދަނޑުބިންލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ. ދަނޑުބިން ދޫކުރެވޭނީ ހުޅުދުއްފާރުގެ ރައްޔިތުންނަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ދޫކުރެވޭނީ 3000 އަކަފޫޓްގެ 01 ބިމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
03 ޑިސެންބަރު 2023