ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)13-E/13/2023/341
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 07 ޑިސެންބަރު 2023 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް 3 ކާރު ހޯދުން

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2023/336 (28 ނޮވެމްބަރ 2023) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ. މި މިނިސްޓްރީގެ ބޭނުމަށް 3 ކާރު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބާ އެކު ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭތީ، އާންދާސީ ހިސާބު ހުށަހެޅުން ތިރީގައި ދެންނެވިފައިވާ ތާރީޚަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:     7 ޑިސެމްބަރ 2023، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12,000.00ރ (ބާރަ ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީ އާއިއެކު މަތީގައި ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި ބިޑް ސެކިއުރިޓީ އަކީ ސަރުކާރުން ޤަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެ މަސައްކަތަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއަކަށް ވާންވާނެއެވެ.

 އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް މެއިލްކުރުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

03 ޑިސެންބަރު 2023