ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2015/27
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 23 މާރިޗު 2015 00:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މުދައްރިސަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހިންގާ އިމާމު ކޯހުގައި "ޢަމަލީ ތަޖުރިބާ" މާއްދާ ކިޔަވައި ދެއްވާނެ ވަގުތީ މުދައްރިސަކު ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 01

މުސާރަ: ނަގައިދޭ ކޮންމެ 1 ގަޑި އިރުގެ ޕީރިއަޑަކަށް -/200 ރުފިޔާ

ޝަރުޠު:    

  • މާއްދާއާއިގުޅޭ ދާއިރާއަކުން ޑިޕްލޮމާއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއެކު ކިޔަވައިދިނުމުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކީރިތި ޤުރްއާނާބެހޭ މަރުކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 23 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015