މަސައްކަތް
ނަންބަރު: (IUL)378/2023/45
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 07 ޑިސެންބަރު 2023 10:30
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ބަނދަރުގައި ލަފާ ފުރުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދުތައް ވަކިކުރުމުގެ ގޮތުން ކުލަލުމުގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ދ.ހުޅުދެލީ ބަނދަރުގައި ލަފާ ފުރުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދުތައް ވަކިކުރުމުގެ ގޮތުން  ކުލަލުމުގެ މަސައްކަތް ކޮއްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 07 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޑިސެންބަރު 2023