ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/118
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 06 ޑިސެންބަރު 2023 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު ކައުންސިލް މަސް ރޭސް 2023

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށުފެންވަރުގައި މަސްރޭހެއް ބޭއްވުމަށްވަނީ މި ކައުންސިލް އިން ނިންމާފައެވެ. އެގޮތުން މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުއެވެ.

                         މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމާއި ޤަވާއިދު 3 ޑިސެމްބަރ 2023 ވަނަ ދުވަހުން ފެށިގެން މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 6 ޑިސެމްބަރ 2023  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް އަށް [email protected] މެއިލްކުރުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                     19 ޖުމާދަލްޢޫލާ 1445 

03 ޑިސެންބަރު 2023