ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/95
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 19 މާރިޗު 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވަރީ އެސިސްޓަންޓް

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ޑެލިވަރީ އެސިސްޓަންޓް

އަދަދު: 01

މުސާރައިގެ ގޮތުގައި އެހެނިހެން އިނާޔަތްތަކާއެކު ޖުމުލަ: -/7،500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

  • މެޑިކަލް އިންޝުރަންސް (ޕްރޮބޭޝަން އަށްފަހު)
  • ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެމަތީން އަހަރީ ބޯނަސް ދެވޭނެއެވެ.
  • ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އެމް.ޕީ.އެލް އަދި އެމް.އޭ.ސީ.އެލް ގައި ކްލިއަރަންސް މަސައްކަތް ކުރުން.
  • އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމީ ފެންވަރު ހުރުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން.

އެހެނިހެން ތަޖުރިބާ/ހުނަރު:

  • ބަރު އެއްޗެހި އުފުލޭ ފިޓްނަސް ހުރި މީހަކަށްވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗު 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވިލިމާލެ ފިހާރަ އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344264ފެކްސް:  3344041  ވެބްސައިޓް: www.stomaldives.com

11 މާރިޗު 2015