ދިވެހިރާއްޖެ
ނަންބަރ: GS-203/IUL/2023/30 |
އަންދާސީ ހިސާބު ބޭނުންވެއްޖެ
|
ތާރީޚް: 03 ޑިސެމްބަރ 2023 |
ކުރިއަށް އޮތް ދެ އަހަރަށް ގދ. ހޯޑެއްދޫ ސުކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން |
މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޑިސެމްބަރ 03 ން އިން 2023 ޑިސެމްބަރ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ މެއިލް މެދުވެރިކޮންނެވެ.
- އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން (ކުންފުނީގެ ނަން):
- ރަޖިސްޓްރީ ނަންބަރު (ކުންފުނީގެ):
- އީމެއިލް އެޑްރެސް:
- ގުޅޭނެ މޯބައިލް ނަންބަރު:
3. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ އޮފީހުގައެވެ. އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983089 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.