ބީލަން
ނަންބަރު: (IUL)468-APS/468/2023/354
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 12 ޑިސެންބަރު 2023 10:30
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު މަސްމާރުކޭޓުގައި އުފެދޭ ކަރުގޮހޮރު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއްހޯދުމާއިގުޅޭ

  1. ފުވައްމުލަކު މަސްމާރުކޭޓުގައި އުފެދޭ ކަރުގޮހޮރު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއްހޯދުމަށް ކުރުވުނު ނަންބަރު (IUL)468-APS/468/2023/311  އިޢުލާނަށް ހުށަހެޅި ބިޑްތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 07 ޑިސެމްބަރ 2023 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
03 ޑިސެންބަރު 2023