ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: ވޮޗަރ ގރ. 1
އަދަދު: 01
މުސާރަ: 2،620.00ރ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 163 ނަންބަރު ގއ.ވިލިނގިލި ފިހާރަ
އެހެނިހެން އިނާޔަތްތައް:
އިތުރު އެލަވަންސް: 1،350.00ރ އާއި 2،400.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.
ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުމުގެ މަސްއޫލިއްޔަތު:
- ކަނޑައެޅިފައިވާ ޑިއުޓީއެއްގައި ތަން ބެލެހެއްޓުން.
- ފިހާރައިގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި މުއައްޒަފުންނަށް އެހީތެރިވެދިނުން.
ތަޢުލީމާއި ތަޖުރިބާ:
- ގްރޭޑް 7 ގެ ފެންވަރު ހުރުން
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
- ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވާ އަދި މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗު 2015ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 163 ނަމްބަރު ގއ.ވިލިނގިލި ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041
އެސްޓީއޯ 163 ގއ. ވިލިނގިލި ފިހާރަ
ހަވީރީ ހިނގުން، ގއ. ވިލިނގިލި
ފޯން: 3012669
ވެބްސައިޓް: www.stomaldives.com