ބީލަން
ނަންބަރު: GS126/2023/IUL/20
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 14 ޑިސެންބަރު 2023 11:00
ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
2024ވަނަ އަހަރު ވާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2024ވަނަ އަހަރު ވާދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިސްކޫލުގެ 2024 ވަނަ އަހަރުގެ ސެކިއުރިޓީ ބީލަން އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހާއި ފަރާތްތަކަށް ހުޅުވާލަމެވެ.މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 4 ޑިސެންބަރު 2023 އިން 11 ޑިސެންބަރު 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން 13:00 ށް މިސްކޫލުގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.އަދި އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މެއިލް އެޑްރެސް މެދުވެރިކޮށް ނަންނޯޓް ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ. ބީލަމާއި ބެހޭ ގޮތުން ސުވާލެއް އޮތްނަމަ ތިރީގައިވާ މެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުން ޖަވާބު އެރުވޭނެއެެވެ. މިކަމަށް އިތުރު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 14 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ.ގަޑި ޖެހުމުގެ ފަހުން ހާޟިރުވާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ކަމަަށް ވުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު:19/2014 ) ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފާރާތެއް ކަމުގައި ވާންވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަންފޮތާއި، ނަންނޯޓް ކުރާ ޝީޓް މިއިއުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

އީމެއިލް:[email protected]

ފޯން:6580362

03 ޑިސެންބަރު 2023