ބީލަން
ނަންބަރު: GS41-IUL/2023/25
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 11 ޑިސެންބަރު 2023 11:00
އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން

ނަންބަރ: GS41-IUL/2023/25

 

އިޢުލާން

 

 

2024 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

     

          01 ޖެނުއަރީ 2024 އިން 31 ޑިސެމްބަރ 2024 އަށް، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

           މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެންބަރު 03 ން 07 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "މަޢުލޫމާތު ޝީޓް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.  

  މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

    ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 11 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

އިރުޝާދިއްޔާ ސްކޫލް

ފޯން: 6891618

އީ-މެއިލް: [email protected]

 

19  ޖުމާދަލް އޫލާ 1445

03   ޑިސެންބަރު 2023              

03 ޑިސެންބަރު 2023