ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2023/26
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 00:24
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި Pharmix Laboratories (Pvt.) Ltd., Lahore އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުން މަނާކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 މިނިސްޓްރީ އޮފް ހެލްތް

 މާލެ،   ދިވެހިރާއްޖެ

      (IUL) 182-REG/23/2023/26 :ނަންބަރު                                                                                

                                        އެލާރޓް

ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި Pharmix Laboratories (Pvt.) Ltd., Lahore އިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީގެ އެލާޓް ނަމްބަރ No/S/11-23-40 ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން، ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް މިކުންފުނީގެ ދިޔާބޭހުގައި DEG/EG ހިމެނޭ ކަމަށް ވަނީ އެލާޓް ކުރައްވާފައެވެ. އަދި ރާއްޖޭގެ މާރކެޓްގައި ހުރި މިކުންފުނީގެ 2 ބޭހަކުންވެސް މި ކެމިކަލް ފެނުމުގެ ސަބަބުން މިހާރުވަނީ އެ ޕްރޮޑަކްޓްތައް މަނާކޮށްފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ކުންފުނީގެ ދިޔާބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން މިކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި ދަންނަވަމެވެ. އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި މިކުންފުނީގެ ދިޔާ ބޭސްތައް ފާރމަސީތަކުން ނަގާ، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. މިއިޢުލާނުގައި ހިމަނާފައިމިވަނީ، މިހާރު އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ މިކުންފުނީގެ ދިޔާ ބޭސްތަކެވެ.

Dosage Form Brand Name & Strength Generic Name
Suspension Alide 200mg/5ml Azithromycin
Oral Liquid Alergo 5mg/5ml Cetirizine HCl
Oral Liquid Efelide 125mg/5ml Clarithromycin
Suspension Emidone 1mg/1ml Domperidone
Oral Liquid Iropal 800mg/15ml Iron Protein Succinate
Oral Liquid Antifen 0.2mg/ml Ketotifen Fumarate

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.      

30 ނޮވެންބަރު 2023