ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)245-ESD/245/2023/113
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 24 ޑިސެންބަރު 2023 14:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުމާއި ގުޅޭ

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" 25 ޑިސެމްބަރ 2023 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މި ތާރީޚުގެ ކުރިން ފޯމު ހުށަހަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުން ވެސް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" އަލުން ހުށަހެޅުއްވުން އެދެމެވެ.

  1. ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް.
  2. ދަފްތަރުގައި ރަޖިސްޓަރީވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް.
  3. ދަފްތަރުގައި ރަޖިސްޓަރީވީފަހުން، ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް.
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭ އާޢިލާތައް.

މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތަށް "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހަޅާފައިނުވާނަމަ، އެފަރާތްތަކުގެ ނަން ދަފްތަރުން އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.

"ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓްގެ ޑައުންލޯޑްސް ބައި (https://uligan.gov.mv/dv/downloads) އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ފޯމު ބަލައިގަންނާނީ 2023 ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެމްބަރ 24 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް އިދާރާގެ ކައުންޓަރުންނެވެ.

30 ނޮވެންބަރު 2023