އިޢުލާނު (ދެވަނަ)
|
މަޤާމު:
|
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
|
މަޤާމުގެ ނަންބަރު:
|
J-382385
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ / މ. މުލި
|
މުސާރަ:
|
7,035.00ރ.
|
ސަރވިސް އެލަވަންސް:
|
2,000.00ރ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
- ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00ރ.
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި މަހަކު 2,462.25ރ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބު ދާރީވުން.
- ޔުނިޓުގެ ހެޑެއްގެ ހައިސިއްޔަތުން، ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްގެ ލަފާޔާ މަޝްވަރާގެމަތިން، ޔުނިޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޔުނިޓަށް ލިބޭ މައްސަލަތައް ބަލައިގަނެ ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ޖަވާބު ތައްޔާރުކުރަންޖެހޭ ލިއުންތަކުގެ ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
- މ. އަތޮޅު ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަޞީލަތްތައް ބަލަހައްޓަމުންދާގޮތް ބަލައި، އެކަމާއި ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިފަދަ ތަންތަން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މިއިންވެސްޓް މަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުރުމާއިބެހޭ ކަންތައްތައް ކުރުން.
- އިގްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކް ކުރުމާއި ކައުންސިލް ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި މިޤާނޫނުގެ ދަށުން ހެދޭ ޤަވައިދުގައިވާ ގޮތުގެ މަތީން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަސްލަޙަތުތަކުގައި މިލްކިޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުމުގެ މަސައްކަތް ކުރުން.
- ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުމާއިބެހޭ ކަންކަން ކުރުން.
- މިއިދާރާގެ ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އިދާރީ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރިމެންޓްކޮށް ވިޔަފާރީގެ މަޢާމަލާތްތައްކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން މ. އަތޮޅުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- އަތޮޅުކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭޚިދުމަތްތަކަށް މިޤާނޫނުގެ ދަށުން ހެދޭ ޤަވައިދާ އެއްގޮތްވާގޮތުގެ މަތީން ފީ ކަނޑައެޅުމާއި ފީނެގުން.
- ރަށްރަށުގެ ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ހެދުމަށް ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުމާއި ރަށްރަށުގެ ކުޅިވަރު ކުޅޭނެ ތަންތަން ހެދުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
- ކައުންސިލްއިން ދޫކުރާ ލޯން ސްކީމާއި، ކުރެޑިޓް ސްކީމްތަކުގެ އެންމެހައި މަސައްކަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން، ގަވާއިދާ އުސޫލް ތަކާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
- އަތޮޅު ކައުންސިލް އިދާރާގެ އެއްގަމާއި، ކަނޑުގެ ވެހިކަލްތައް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި އެއްގަމާ ކަނޑުގެ އުޅަނދު ތަކުގެ ދަތުރުތަކާ ބެހޭ އެންމެހާ ކަމެއް ރާވާހިންގުން، އަދި ދަތުރު ރިޕޯޓްތައް ތައްޔާރުކުރުމާއި ރިޕޯޓްތައް ހަދާދިނުން.
- ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ތަންޛީމުކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ އުސޫލު ގެ ދަށުން، އަތޮޅުކައުންސިލް އަށް އިންތިޚާބުކުރެވިފައިވާ ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ތަންޛީމުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އީކައުންސިލް ވިޔަމޮޑިއުލްގެ ތެރެއިން ޙަވާލުކޮށްފައިވާ އެންމެހާ މަސައްކަތްތައްކުރުން.
- ސެކްޝަނުންކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އަދި މާލީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވުން.
- ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.
- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް މ. އަތޮޅުގައި ދޭން ކަނޑައަޅާ، މިޔުނިޓުގެ މަސައްކަތާ ގުޅޭ ޚިދުމަތްތައް ދިނުން.
- ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
ތަޢުލީމީ ރޮނގުތައް
|
ޕްރެފަރޑް ޑިސިޕްލިންގ
|
އެކައުންޓިންގ
|
އެކައުންޓިންގ
|
އެޑްމިނިސްޓްރޭޝަން
|
އެޑްމިނިސްޓްރޭޝަން
|
އެގްރިކަލްޗަރަލް ސައިންސް
|
އެގްރިކަލްޗަރަލް ސައިންސް
|
އެންތްރޯޕޮލޮޖީ
|
އެންތްރޯޕޮލޮޖީ
|
އާކިޓެކްޗަރ
|
އާކިޓެކްޗަރ
|
ބިޒްނަސް
|
ބިޒްނަސް
|
ބިޒްނަސް އެޑްމިނިސްޓްރޭޝަން
|
ބިޒްނަސް އެޑްމިނިސްޓްރޭޝަން
|
ބިޒްނަސް މެނޭޖްމަންޓް
|
ބިޒްނަސް މެނޭޖްމަންޓް
|
ސިވިލް އިންޖިނިއަރިންގ
|
ސިވިލް އިންޖިނިއަރިންގ
|
ކޮމާސް
|
ކޮމާސް
|
ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
|
ކޮމިޔުނިޓީ ޑިވެލޮޕްމަންޓް
|
ކޮމްޕިއުޓަރ ސައިންސް
|
ކޮމްޕިއުޓަރ ސައިންސް
|
ކައުންސިލް އެޑްމިނިސްޓްރޭޝަން
|
ކައުންސިލް އެޑްމިނިސްޓްރޭޝަން
|
ކަލްޗަރ އެންޑް ހެރިޓޭޖް
|
ކަލްޗަރ އެންޑް ހެރިޓޭޖް
|
ޑިމޮގްރަފީ
|
ޑިމޮގްރަފީ
|
ޑިވެލޮޕްމަންޓް ސްޓަޑީޒް
|
ޑިވެލޮޕްމަންޓް ސްޓަޑީޒް
|
އިކޮނޮމިކްސް
|
އިކޮނޮމިކްސް
|
އެޑިއުކޭޝަން
|
އެޑިއުކޭޝަން
|
އެންވަޔަރަންމެންޓަލް ސައިންސް
|
އެންވަޔަރަންމެންޓަލް ސައިންސް
|
ފައިނޭންސް
|
ފައިނޭންސް
|
ގަވަރނަންސް
|
ގަވަރނަންސް
|
ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
|
ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް
|
ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
|
ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް
|
ހިއުމަން ރިސޯސް
|
ހިއުމަން ރިސޯސް
|
އިންފޮމޭޝަން ޓެކްނޮލޮޖީ
|
އިންފޮމޭޝަން ޓެކްނޮލޮޖީ
|
އިންޓަނޭޝަނަލް ރިލޭޝަންސް
|
އިންޓަނޭޝަނަލް ރިލޭޝަންސް
|
ލޯ
|
ލޯ
|
ލީޑަރޝިޕް
|
ލީޑަރޝިޕް
|
ލައިބްރަރީ ސައިންސް
|
ލައިބްރަރީ ސައިންސް
|
ލޯކަލް ގަވަރނަންސް
|
ލޯކަލް ގަވަރނަންސް
|
މެނޭޖްމަންޓް
|
މެނޭޖްމަންޓް
|
މެރިން ސައިންސް
|
މެރިން ސައިންސް
|
މާކެޓިންގ
|
މާކެޓިންގ
|
އޮފީސް އެޑްމިނިސްޓްރޭޝަން
|
އޮފީސް އެޑްމިނިސްޓްރޭޝަން
|
ޕޮލިސީ ސްޓަޑިޒް
|
ޕޮލިސީ ސްޓަޑިޒް
|
ޕޮލިޓިކަލް ސައިންސް
|
ޕޮލިޓިކަލް ސައިންސް
|
ޕްރޮޖެކްޓު މެނޭޖުމަންޓު
|
ޕްރޮޖެކްޓު މެނޭޖުމަންޓު
|
ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ޕަބްލިކް މޭނޭޖްމަންޓް
|
ޕަބްލިކް މޭނޭޖްމަންޓް
|
ޕަބްލިކް ޕޮލިސީ
|
ޕަބްލިކް ޕޮލިސީ
|
ޕަބްލިކް ރިލޭޝަންސް
|
ޕަބްލިކް ރިލޭޝަންސް
|
ޝަރީޢާ އެންޑް ލޯ
|
ޝަރީޢާ އެންޑް ލޯ
|
ސޯޝަލް ސައިންސް
|
ސޯޝަލް ސައިންސް
|
ސޯޝަލް ވޯރކް
|
ސޯޝަލް ވޯރކް
|
ސޯޝިއޮލޮޖީ
|
ސޯޝިއޮލޮޖީ
|
ސްޕޯޓްސް މެނޭޖްމަންޓް
|
ސްޕޯޓްސް މެނޭޖްމަންޓް
|
ސްޓެޓިސްޓިކްސް
|
ސްޓެޓިސްޓިކްސް
|
ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
|
ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
|
އަރބަން ޕްލޭނިންގ
|
އަރބަން ޕްލޭނިންގ
|
އާބަން ސްޓަޑީޒް
|
އާބަން ސްޓަޑީޒް
|
މަޤާމަށް ކޯ ޑިސިޕްލިން: ނެތް
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޑިސެމްބަރ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ، 2023 ޑިސެމްބަރ 19 އާއި 2023 ޑިސެމްބަރ 26 އާ ދެމެދު، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|