ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)372-A1/372/2023/46
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 14 ޑިސެންބަރު 2023 13:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގޫދޫ ބަނދަރުން ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ބިމެއް ދޫކުރުމާގުޅޭ:

އިޢުލާން

މަގޫދޫ ބަނދަރުން ތެޔޮ ޝެޑެއް ޤާއިމްކުރުމަށް ބިމެއް ދޫކުރުމާގުޅޭ:

ފ.މަގޫދޫ ބަނދަރު ސަރަޙައްދުން ތެޔޮ ޝެޑެއް ޤާއިމްކުރުމަށް 1520 އަކަފޫޓު 1 ބިން ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޑިސެންބަރު 07 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވާ ފޮނުވަންވާނެއެވެ.

https://forms.gle/625N7Hsh4qDYCuFa6

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ޕްރީ ބިޑް މީޓިންގް

07 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގައި،  ފ. މަގޫދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 13 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮން ބީލަން / ޕްރޮޕޯސަލް ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ބިޑް ފޮނުވާނީ [email protected] އަށް، ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހުމަށް ފަހު ބިޑް ޑޮކިއުމެންޓްގައިވާ އެއްމެހާ ތަކެތި އީމެއިލްގައި އެޓޭޗް ކުރުމަށް ފަހުއެވެ.

ނުވަތަ 14 ޑިސެމްބަރ 2023  ވަނަ ދުވަހުގެ ބީލަން / ޕްރޮޕޯސަލް ކެނޑުމަށް ހަމަޖެހިފައިވާ ގަޑި، 13:00 ގައި މި އިދާރާއަށް ވަޑައިގެން ބީލަން / ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.

މި އިދާރާއަށް ދުރުވެ ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " މަގޫދޫ ބަނދަރުން ތެޔޮ ޝެޑެއް ޤާއިމްކުރުމާގުޅޭ / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

‏16‏ ޖުމާދަލްއޫލާ‏ 1445

 ‏30‏ ނޮވެމްބަރ‏ 2023

30 ނޮވެންބަރު 2023