ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2023/54
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 21 ޑިސެންބަރު 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ރިވިއު ފޯމް ހުށައެޅުމާ ގުޅޭ

 2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުްގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތުދެނެގަންނަ ފޯމް" 21 ޑިސެމްބަރ 2023 ގެ ކުރިން ކުރިން ފޯމް ހުށައަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.  

ވީމާ، މިކަމަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 03 ޑިސެމްބަރ 2023 ން ފެށިގެން 21 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކުންވެސް ފޯމް ހުށައެޅުމަށް ދަންނަވަމެވެ. 

  1. ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތައް. 

  1. ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން، ކައިވެނީގެ ޙާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތައް. 

  1. ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން، ވަޒީފާލިބުމުގެސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެފައިވާ ފަރާތްތައް. 

  1. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި، އަދި 25 ޑިސެމްބަރ 2023 ގެނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭމީހެއް / މީހުން ހިމެނޭ އާއިލާތައް. 

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

30 ނޮވެންބަރު 2023