ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/69
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 23 މާރިޗު 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޕަޓީ މެނޭޖްމަންޓް އޮފިސަރ

މަޤާމު:

އެސިސްޓަންޓް ޕްރޮޕަޓީ މެނޭޖްމަންޓް އޮފިސަރ    (ޖީ.އެސް 3)  (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މިނިސްޓްރީގެ ފަރާތުން ކުއްޔަށްދޭ ތަންތަނުގެ އެއްބަސްވުން ތައްތަޔާރުކޮށް، ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އެކަމާބެހޭ އެންމެހައި މަސައްކަތެއް ކުރުން.
  • މި މިނިސްޓްރީގެ ފަރާތުން ކުއްޔަށް ދޫކުރެވިފައިވާ، ފިހާރަތަކުގެ މުއްދަތު ހަމަވުމުގެ 3 މަސް ދުވަސް ކުރިން ފިހާރަތައް ކުއްޔަށް ދިނުމަށް އިޢުލާން ކުރުމާއި، ފިހާރަ ކުއްޔަށް ދިނުމާބެހޭ އެންމެހައި ކަންތައްތައް، ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއްގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދާއެއްގޮތަށް، އެކަމާބެހޭ އެންމެހައި މަސައްކަތެއް ކުރުން.
  • މި މިނިސްޓްރީން ކުއްޔަށް ދީފައިވާ ފިހާރަތަކުގެ ރަޖިސްޓަރީތައް ހަދައި، ރަޖިސްޓަރީއަށް އަންނަ ބަދަލުތައް ނޯޓުކޮށް ބަލަހައްޓަމުން ގެންދިއުން.
  • ފިހާރަތަކާބެހޭ ލިޔުންތަކާއި، ސަރުކާރު ޕްރޮޕަރޓީތަކުގެ ލިޔުންތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ސެކްޝަން ބަޖެޓް ތައްޔާރުކުރުމުގައި، މުވައްޒަފު ކުރާ މަސައްކަތާ ގުޅޭ ގޮތުން އެހީތެރިވުން.
  • ސަރުކާރުގެ އެސެޓް ރަޖިސްޓަރީތައް ހަދައި ބެލެހެއްޓުމާއި، ރަޖިސްޓަރީތަކަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ލިބުމުން ޢަމަލުކޮށް އެތަކެތި ފައިލުކުރުން.
  • ސެކްޝަންގެ މަސައްކަތާ ގުޅިގެން ބިޑް ކޮމިޓީ ބާއްވާ ދުވަސްތަކުގައި ބިޑްކޮމިޓީގެ ޔައުމިއްޔާ ލިޔުން.
  • މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ސަރުކާރުގެ އިމާރާތްތަކުގެ ރަޖިސްޓަރީއެއް ތައްޔާރުކޮށް، އަންނަ ބަދަލުތައް ނޯޓުކޮށް މަޢުލޫމާތު ފުރިހަމަ ކުރަމުން ގެންދިއުން.
  • ރާއްޖެއިން ބޭރުގައި ހުރި މި މިނިސްޓްރީގެ ހަވާލުގައިވާ ޕްރޮޕަރޓީތަކުގެ ރަޖިސްޓަރީ ހަދައި، އަންނަ ބަދަލުތައް ނޯޓުކޮށް މަޢުލޫމާތު ފުރިހަމަ ކުރަމުން ގެންދިއުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާގޮތަށް ގަޑިއަކަށް -/40 ރުފިޔާ ދެވޭނެއެވެ.
  • އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • މުޢާމަލާތް ކުރާ ގޮތް
  • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

23 މާރިޗު 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

10 މާރިޗު 2015