ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2023/149
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:44
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ނިޒާމްގެ ޓްރަޔަލް ޕްރޮގްރާމްއާއި ގުޅޭ

މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ނިޒާމްގެ ޓްރަޔަލް ޕްރޮގްރާމްއާއި ގުޅޭ

މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ނިޒާމްގެ ދަށުން ހުޅުވާލެވުނު ފުރުސަތުގައި، ފެނުގެ ހިދުމަތަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތަކަށް 3 ޑިސެމްބަރ 2023 އިން ފެށިގެން  03 މަސް ދުވަހަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ޓްރަޔަލް ޕީރިއަޑްއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، 3 ޑިސެމްބަރ 2023 އިން ފެށިގެން ފެނުގެ ހިދުމަތަށްއެދޭ ފޯމް ފުރުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ގަމު ބުރާންޗުގެ އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފެނުގެ ހިދުމަތް ލިބޭނީ "ފެނުގެ ހިދުމަތަށް އެދި ހުށަހަޅާ ފޯމް" ފެނަކަ ކޯޕްރޭޝަންގެ ގަމު ބުރާންޗަށް ހުށަހެޅުމުންނެވެ. ފެނުގެ ހިދުމަތަށް އެދޭ ފޯމް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ގަމު ބުރާންޗުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފެނުގެ ހިދުމަތަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:15 އިން 13:00 އަށްށެވެ. ޓްރަޔަލް ޕީރިއަޑްގައި އައު ފެނުގެ ކަނެކްޝަން އެއްވެސް ގެޔަކަށް ގުޅައިނުދެވޭނެ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފެނުގެ ހިދުމަތުގެ ޓްރަޔަލް ޕީރިއަޑްގެ ތެރޭގައި ތިރީގައިވާ ކަންކަމަށް ރައްޔިތުން ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

  1. ފެނުގެ ހިދުމަތުގެ ޓްރަޔަލް ރަން ކުރިއަށްދާނީ 3 ޑިސެމްބަރ 2023  އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށެވެ.
  2. މި ޓަރަޔަލް ރަންގެ މަޤްސަދަކީ، މިރަށުގައި ޤާއިމްކުރެވިފައިވާ ފެނުގެ ކަނެކްޝަންތަކުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމާއި، އަދި ފެނުގެ ހޮޅިލައިން ސާފްކުރުމަށާއި، މިމަސައްކަތުގައި މަސްއޫލުވެ އުޅޭނެ މުވައްޒަފުންނަށް މި ނިޒާމްގެ ކަންކަން ދަސްކުރުމަށާއި، ދިމާވާ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތައް ބެލުމެވެ.
  3.  ޓްރަޔަލް ރަންގެ މިމުއްދަތުގެ ތެރޭގައި ދިމާވާ މައްސަލަތައް ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޙަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ ޙައްލުކޮށްދޭނެއެވެ.
  4. މި ޓްރަޔަލް ޕީރިއަޑްގައި "އާރް އޯ ޕްލާންޓް"ގެ ފެން ބުއިމަށް ބޭނުންކުރުމަކީ ރައްކާތެރިކަމެއްނޫނެވެ.

 

  1. 3 ޑިސެމްބަރ 2023 އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޓްރަޔަލް ޕީރިއަޑްގައި ގޭގެއިން ބޭނުންކުރާ ފެނަށް އެއްވެސް ޗާޖެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ކޮންމެ މަހެއްގައިވެސް ފެނުގެ ރީޑިންގ ނެގޭނެއެވެ. މި މުއްދަތުގައި ކޮންމެ ގެއަކުންވެސް އެންމެ ގިނައިން ބޭނުންކުރެވޭނީ 5،400 (ފަސްހާސް ހަތަރުސަތޭކަ) ލީޓަރ ފެނެވެ. އަދި މި މުއްދަތުގައި މަހަކު 5،400 ލީޓަރ އަށްވުރެ ގިނައިން ފެން ބޭނުންކުރާ ގެތަކުގެ ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.
  2. ފެނުގެ ހިދުމަތް ފެށުމުން، ފެން އިސްރާފް ނުކުރުމަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދޭންވާނެއެވެ. އަދި މިމުއްދަތުގައި ދަނޑުވެރިކަންކުރުން، ސައިކަލު ދޮވުން ފަދަ ކަންކަމުގައި މިފެން ބޭނުންކޮށްގެން ނުވާނެއެވެ.
  3. ފެނުގެ ހިދުމަތުގެ ޓްރަޔަލް ރަން ފެށުމުން، މި ހިދުމަތާއި ގުޅިގެން އެއްވެސް ޝަކުވާއެއްއޮތްނަމަ، ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.  

      ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

1445 E 16      

      30 ނޮވެމްބަރ 2023

30 ނޮވެންބަރު 2023