ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-SE/IUL/2023/15
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 07 ޑިސެންބަރު 2023 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން މީހެއް ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އިންތިޚާބުކުރުން

މަޤާމް :ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން މީހެއް ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އިންތިޚާބުކުރުން
ބޭނުންވާ އަދަދު :1

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން މީހެއް ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް އިންތިޚާބުކުރުން

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގެ އެންމެ ފުރިހަމަ ތަޢުލީމީ މަރުކަޒުކަމުގައާއި ސަރަޙައްދުގެވެސް އެންމެ ރަނގަޅު މިފަދަ ތަންތަނުގައި ތެރޭގައި ހިމެނުމަށް މަސައްކަތް ކުރާ މަރުކަޒެކެވެ. ކައުންސިލަކީ، ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލިހެވެ. މި މަޖިލިހުގައި ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން 1  މެންބަރުން ހިމެނެއެވެ. އެ މެންބަރުގެ މުއްދަތު މިހާރު ހަމަވެފައިވާތީ ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން 1 މެންބަރަކު އައްޔަނުކުރަން ޖެހެއެވެ. ކައުންސިލްގައި ބައިވެރިވާން ބޭނުންވާފުޅުވާ ފަރާތްޕުޅުތަކުން ކުރިމަތިލެއްވުން އެދެމެވެ.

 

މެންބަރުކަމުގެ ޢިނާޔަތްތައް

ގިނަ މީހުން ކައުންސިލްގައި ބައިވެރިވާން ބޭނުންވަނީ، އެހެން މީހުންނަށް އެހީތެރިވެދިނުމާއި، މުޖުތަމަޢުގައި ޙަރަކާތްތެރިވެ އުޅުމަކީ، މީހުންގެ ކިބައިގައި ހުންނަ ހިތަށް ފަހިކަން ގެނެސްދޭ ޠަބީޢީ ސިފައަކަށް ވާތީއެވެ. މިފަދަ ކައުންސިލެއްގައި ބައިވެރިވުމުން، ތިމާއަށް ލިބިފައިވާ ހުނަރާއި ޤާބިލްކަން، މުޖުތަމަޢުގެ ކުރިއެރުމަށާއި ރައްޔިތުންގެ ތަހުޒީބަށް ޙިއްޞާކުރުމުގެ ފުރުޞަތަކަށް ވެއެވެ. އަދި އެކި ފަރާތްތަކާ ގުޅުންތައް ޤާއިމްކޮށް، އެކި މައްސަލަތަކާ ވިސްނާ ފިކުރު ފާގަތިވާ ކަމަކަށް ވެސް ވެއެވެ.

ކައުންސިލްގެ މެންބަރަކަށް ވުމުން، ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވެއެވެ.

މެންބަރުކަމުގެ ޝަރުޠު

މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވުމާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައި ވުމާއި، ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުމާއި ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މި ޤާނޫނުގެ އެންމެ ފަހުގެ ދެލިކޮޕީއެއް ބޭނުންފުޅުނަމަ، ތިރީގައިވާ އީމެއިލް މެދުވެރިކޮށް އެދިވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ކައުންސިލްގެ ޖަލްސާތަކަކީ، ރައްޔިތުންގެ މަޖިލިސް ފަދައިން، ޖިސްމާނީގޮތުން މެންބަރުން ބައްދަލުވެ ބާއްވާ ޖަލްސާތަކެކެވެ.

ޔުނިވަރސިޓީ ޤާނޫނުގެ ރޫޙަކީ އެލަމްނައިގެ ފަރާތުން ކުރިމަތިލާ ދަސްވެންޏަކީ ޔުނިވަރސިޓީގައި މިހާރު ނުކިޔަވާ، މިހާރުގެ މުވައްޒަފަކަށް ނުވާ، އަދި އެހެން ހައިސިއްޔަތަކުން ކުރިމަތިނުލާ މީހަކަށްވުމެވެ. 

ކުރިމަތިލާނޭ ގޮތް

ކުރިމަތިލުމަށް ހައްދަވާނޭ ގޮތަކީ މި ލިންކުން ޑައުންލޯޑުވާ ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު  ފުރިހަމަ ކުރެއްވުމަށް ފަހު، [email protected] އަށް އީމެއިލް ކުރައްވާނީ އެވެ. ފޯމު ފޮނުއްވާނީ، 07 ޑިސެންބަރު 2023  ވާ ބުރާސްފަތި ދުވަހުގެ 2:00 މފ ގެ ކުރީންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3345126 އާ އެވެ.

ޢައްޔަނުކުރުން

ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން މީހެއް ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް ޢައްޔަނުކުރާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި އިންތިޚާބެއް ބާއްވައިގެންވެ. އެލަމްނައިގެ ތެރެއިން ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމުގައި ވޯޓުދެވޭނީ އެލަމްނައި އެސޯސިއޭޝަންގެ މެންބަރުނަށް ކަމަށް ޔުނިވަރސިޓީ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޅ) ގައި ވެއެވެ. އެލަމްނައި މެންބަރުންގެ ލިސްޓެއް މިލިންކުން ފެނިވަޑައިގަންނަވާނެއެވެ.

30 ނޮވެންބަރު 2023