ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-MS/247/2023/141
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:37
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލެވިފައިވާ ތަކެތި ނެގުމާބެހޭ

އިޢުލާން

            މަގުމައްޗާއި ދުވާރުމަތީގައި ތަކެތި ބެހެއްޓިފައި ހުރުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް ދަތިވެ އެކަމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދާތީ، ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލެވިފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގެ (ގަވާއިދު ނަންބަރު: R-112/2013) ދަށުން، މި އިދާރާއިން ފާސްކޮށްފައިވާ އެސް އޯ ޕީ އާއި އެއްގޮތަށް 2023 ޑިސެމްބަރު 01 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                                            16 ޖުމާދަލްއޫލާ  1444

 

30 ނޮވެންބަރު 2023