ދިވެހިރާއްޖެ
މިކައުންސިލްގެ ފަރާތުން ހިންގުމަށް ރޭވިފައިވާ ރުކުފަތީގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ކިޔަވާދެއްވާނެ މީހުން ހޯދަން ކުރި މިއިދާރާގެ ނަންބަރ (IUL)316/316/2023/107 (27 ނޮވެމްބަރ 2023) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، ކައުންސިލުންދޭ ލެސަން ޕްލޭނާއި އެއްގޮތަށް ރުކުފަތީގެ މަސައްކަތް އަމަލީގޮތުން ކިޔަވާދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެމްބަރ 04 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ކުރިން މަސައްކަތުގެ އަގު (ކޮޓޭޝަން ނުވަތަ އަގު ހުށަޅާފޯމު) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ކޮޓޭޝަން/އަގުހުށަހަޅާފޯމާއެކު އެފަރާތެއްގެ ޕްރޮފައިލްއަކާއި އެފަރާތަކުން ކޮށްފައިވާ ރުކުފަތީގެ މަސައްކަތް އެނގޭނެ (ބަތްޕޮޅި،ގޮށިޖޯޑުފަދަ) އެއްޗެއް ހުށަހަޅަންވާނެއެވެ.
މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.