ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MBC-HH/MBC/2015/62
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 23 މާރިޗު 2015 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޑިއުސަރ

މަޤާމު:

އެސިސްޓެންޓް ޕްރޮޑިއުސަރ

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން  މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ފާސްވެފައިވުން، ނުވަތަ މަޤާމާއި ގުޅޭދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  • ޓީވީ ޕްރޮގްރާމް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ވީކްލީ އަދި ޑެއިލީ ޕްރޮގްރާމް ތައްޔާރުކުރުން.
  • ޚާއްޞަ މުނާސަބަތުތަކަށް ޓީވީ ޕްރޮގްރާމް ތައްޔާރުކުރުން.
  • ސްޕެސަލް އެސައިންމެންޓްގެ ޓީވީ ގޮތުގައި ހަވާލުކުރެވޭޓީވީ ޕްރޮގުރާމްތައް ތައްޔާރުކުރުމާއި ރިކޯޑިންގތައް ހެދުމާއި ލައިވްތައް ގެނެސްދިނުން.
  • ޓީވީ ލައިވްތަކަށް/ ލައިވް ރިކޯޑިންގތަކަށް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ދާންޖެހޭ ތަންތަނަށް ގޮސްގެން މަސައްކަތްކުރުމާއި ޕްރެޒެންޓަރުން ހަމަޖައްސައި އެމީހުން ލައްވައި ޕްރޮގްރާމްތައް ހުށަހެޅުން.
  • ޓީވީ ޕްރޮގްރާމް ސްކްރިޕްޓް ލިޔުން.
  • ޓީވީޕްރޮގްރާމްތަކަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުމާއި ރިސާރޗްކުރުން.
  • ޓީވީ ވަޒީފާއާ ގުޅޭގޮތުން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް

ޓީވީ ޕްރޮގްރާމް ޑިޕާޓްމަންޓް

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ:

މަހަކު -/5000 ރުފިޔާ

  • ސަރވިސް އެލަވަންސް:
  • އިތުރުގަޑި:
  • މަހަކު -/3000 ރުފިޔާ.
  • އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ ގެ އަސްލު ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އެންމެފަހުގެ ލިޔުންތައް.
  • ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްކަތުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތް ތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000284، 3000210 ނަންބަރު ފޯނާއެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015