ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)386/386/2023/70
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 06 ޑިސެންބަރު 2023 14:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން.

އިޢުލާނު

 

މަޤާމު:

އިމާމު، މުދިމު (ޕޫލް ވޭޖް އެމްޕްލޮއިމަންޓް)

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. ގުރައިދޫ މިސްކިތްތައް (ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ)

މުއްދަތު:

01 ޖަނަވަރީ 2024 އިން 31 ޑިސެންބަރު 2024

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން.
  2.  މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  3. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކައުންސިލް އިދާރާއަށް އަންގައި ޙައްލުކުރުމަށް މަސައްކަތް ކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކައުންސިލް އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.
  5.  މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކައުންސިލް އިދާރާއަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައި ނުވަތަ ބެހެއްޓިފައި ހުރިތޯބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ ކައުންސިލަށް އެންގުން. އަދި މިސްކިތްތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްފައިނުވާ އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ އެކަން ކައުންސިލަށް އެންގުން.
  7. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ސުޕަވައިޒަރަށް އަންގާ އެބޭފުޅަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  8. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ކައުންސިލް ހުއްދައާއެކު ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  9. އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލުން އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދުކުރުން.
  10. އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރަންޖެހޭ ޙާލަތްތަކުގައި އެނަމާދުތައް ކުރުން.
  11. އިމާމުވެ ކަށު ނަމާދުކުރަންޖެހޭ ޙާލަތްތަކުގައި ކަށު ނަމާދުކުރުން. އަދި ކައުންސިލުން އެދިއްޖެ ޙާލަތެއްގައި ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  12. ކައުންސިލުން އަންގާ ގޮތަށް މިސްކިތު މަސައްކަތު މީހުން ސްޕަވައިޒް ކުރުން.
  13.  އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ

އިމާމު

GS3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މުދިމުކަމުގެ ސަނަދު ލިބިފައިވުން.

ނުވަތަ،

ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން.

ނުވަތަ،

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް  61.00 (ފަސްދޮޅަސް އެއް) ރުފިޔާގެ ރޭޓުން (މަހަކު 250 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

މުދިމު

GS1

އެސިސްޓެންޓް އޮފިސަރ ގްރޭޑް1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އިމާމުވެ ނަމާދު ކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސް ވެފައިވުން.

ނުވަތަ،

ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 50.00 (ފަންސާސް ތިން) ރުފިޔާގެ ރޭޓުން (މަހަކު 250 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް)

އިމާމު ކަމުގެ މަޤާމަށް ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކުންވެސް، މުދިމު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މުދިމުކަމުގެ މަޤާމަށް މީހުން ހޮވާނީ، އިމާމު ކަމުގެ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާނަމައެވެ.

މަޤާމު:

މަސައްކަތު (ޕޫލް ވޭޖް އެމްޕްލޮއިމަންޓް)

ބޭނުންވާ އަދަދު:

5 (ފަހެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމަންޓް

ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގުރައިދޫ މިސްކިތްތައް (ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ)

މުއްދަތު:

01 ޖަނަވަރީ 2024 އިން 31 ޑިސެންބަރު 2024

މުސާރަ:

(މަސައްކަތު) ކޮންމެ ނަމާދު ވަގުތަކަށް 45.00 (ސާޅީސް ފަސް) ރުފިޔާ، ދުވާލަކު 5 ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. މިސްކިތު ގޯތިތެރެއާއި މިސްކިތު ވަށާއިގެން ހަރިއްމަ ފާރުގެ ބޭރު ވިނަ ނޮޅާ ކުނިކަހާ ސާފުކުރުން.
  4.   މިސްކިތު ވުޟޫކުރާބަޔާއި ފާޚާނާ ބަރި ސާފުކޮށް ހެދުން.
  5. 5. މިސްކިތު އެތެރޭގެ ތަޅުންގަނޑާއި މިހުރާބުގޭގެ އެންމެހައިތަންތަން ސާފުކުރުން.
  6. ކޮންމެ ދުވަހަކު ތިން ފަހަރު މިސްކިތު އެތެރޭގައި މޮޕްޖަހާ ސާފުކުރުން.
  7. ކޮންމެ މަހަކު 1 ފަހަރު މިސްކިތުގެ ވަޅުދިޔަ ހިއްކުން.
  8. މިސްކިތު މަސައްކަތުގައި ބޭނުން ކުރާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މިސްކިތަށް ލިބޭ ގެއްލުންތައް ސްޕަވައިޒަރަށް އެންގުން.
  9.  މިސްކިތުގެ ކުޑަދޮރުތަކާއި ފަންކާތަކާއި ބޮކިފަދަ ތަކެތި ސާފުކުރުމާއ ޚަތިމް ބަހައްޓާތަން ސާފުކުރުން.
  10. އިންސާފުވެރިކަމާއި ތެދުވެރިކަމާއި އެކު ވަކިފަރާތަކަށް ނުޖެހި، ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ،ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނާއި ޤަޥާޢިދާއި ކޯޑް އޮފް ކޮންޑަކްޓާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމާއި ޚިލާފު ނުވާގޮތަށް ސިވިލްސަރވިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެގުން

(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

60%

އިމާމް ނުވަތަ މުދިމުގެ މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  60% (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަސައްކަތު މީހެއްގެ މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  %70 (ހަތްދިހަ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 ޑިސެންބަރު 2023 ގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 7 ޑިސެންބަރު 2023 އާއި 14 ޑިސެންބަރު 2023 އާ ދެމެދު، ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780715 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

30 ނޮވެންބަރު 2023