މުބާރާތް
ނަންބަރު: (IUL)267/267/2023/79
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 06 ޑިސެންބަރު 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ " ކުމުންދޫ ކައުންސިލްގެ މަސްރޭސް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފަރުމަސް ބޭނުމުގެ ރޭހެއް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 2023 ޑިސެންބަރު 10 ވާ އާދިއްތަ ދުވަހުއެވެ.

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.

(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 5000.00 ރުފިޔާ

(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 3000.00 ރުފިޔާ

(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 1500.00 ރުފިޔާ

(ރ) މުބާރާތުގައި އެންމެ ބަރު މަސް ކިރުވާ ޓީމް – 500.00 ރުފިޔާ

 

ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައި 2023 ޑިސެންބަރު 06 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ [email protected] އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ނޮވެންބަރު 2023