ދިވެހިރާއްޖެ
އިޢުލާން
ފެބުރުވަރީ 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް އެޕްލައިކުރުން 30 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
އޭ. ސީ. ސީ. އޭ. އެޕްލައިޑް ނޮލެޖް – (ގދ. ތިނަދޫ)
މުއްދަތު: 0.5 އަހަރު (1 ސެމިސްޓަރ)
ޖާގަ: 20 (ޖުމްލަ)
ކޯސްހިންގާނެގޮތް:ފުލްޓައިމް (އީވްނިންގް)
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2024 Term 1
16 ޖުމާދަލްއޫލާ 1445