ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2023/128
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 08:13
ސުންގަޑި: 24 ޑިސެންބަރު 2023 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފުތަރު ހިމެނޭ ފަރާތްތަކުން ރިވިއު ފޯމު ހުށަހެޅުން

2021 އަދި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާފަރާތްތަކުން، "ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމު" ހުށަހެޅުމުގެ ފުރުޞަތު 2023 ނޮވެމްބަރ 30 އިން 2023 ޑިސެމްބަރ 24 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެހެންކަމުން 2023 ވަނައަހަރު ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ  ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ފޯމް ދޫކުރުން އޮންނާނީ 2023 ނޮވެމްބަރ 30 ވަނަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އަށެވެ. ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 2023 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 ނޮވެންބަރު 2023