ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2023/92
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:34
ސުންގަޑި: 25 ޑިސެންބަރު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަތުމާއި ގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް ހުށަހެޅުމުގެ ފުރުޞަތު 03 ޑިސެމްބަރ 2023 އިން 25 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލަމެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް މަތީގައި ދެންނެވިފައިވާ ފޯމު އަލުން ހުށަހަޅަން ޖެހޭނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ. އަދި "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް" މިއިދާރާއިން ލިބެންހުންނާނެއެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

29 ނޮވެންބަރު 2023