މަސައްކަތް
ނަންބަރު: (IUL)13-E/13/2023/338
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 18:57
ސުންގަޑި: 11 ޑިސެންބަރު 2023 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސް.އޯ.އީ ރިފޯމް ކޮންސަލްޓަންޓެއް ހޯދުމާބެހޭ

ސްޓޭޓް އޯން އެންޓަރޕްރައިޒަސްގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތައް ހޯދަން ބޭނުންވާތީ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި ޓީ.އޯ.އާރުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަން އިން %80 އަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކަށް، އެ ފަރާތުން ހުށެހެޅި އަގުގެ ތެރެއިން މަސައްކަތަށް ހޮވިގެންދާނީ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް 5 ޑިސެމްބަރ 2023ގެ 14:00 ކުރިން މެއިލްކުރުމުން ދެންނެވީމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ޓީ.އޯރ.އާރު އާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޑިސެމްބަރ 2023ގެ 13:30އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

29 ނޮވެންބަރު 2023